އޭޝިއަން ޑިޒާސްޓަރ ޕްރިޕެއާރޑްނަސް ސެންޓަރގެ ޓީމެއް މިމަހުގެ 15-18 އަށް ރާއްޖެއަށް ޒިޔާރަށްކޮށްފި
18 އޮކްޓޮބަރ 2012
އޭޝިއަން ޑިޒާސްޓަރ ޕްރިޕެއާރޑްނަސް ސެންޓަރގެ، ޕްރިއޯރިޓީ އިމްޕްލިމެންޓޭޝަން ޕާޓްނާރޝިޕް (ޕީ.އައި.ޕީ) މިޝަންގައި ހިމެނިވަޑަގަންނަވާ ދެބޭފުޅުން ކަމުގައިވާ ޑިރެކްޓަރ ސާޖިދުލް ހަސަން އަދި ޕްރޮގަރާމް ކޯރޑިނޭޓަރ އެލެގްޒެންޑަރ ޑޭވިޑް ފައުލަރ 15-18 އޮކްޓޯބަރ 2012 ގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކޮށްފި. މިޒިޔާރަތުގައި އެން.ޑީ.އެމް.ސީ ގެ އިސްވެރިންނާއި އެކު ދެކެވުނު ރަސްމީ ވާހަކަތަކުގައި ޕްރިއޯރިޓީ އިމްޕްލިމެންޓޭޝަން ޕާޓްނާރޝިޕް (ޕީ.އައި.ޕީ) ގެ ދަށުން ރަށުފެންވަރުގައި ހެދޭ ތަރައްގީގެ މަޝްރޫއުތަކާއި، ކާރިސީ ހިރާސް ކުޑަކުރުމަށް ކުރެވޭ މަސައްކަތްތައް ދެފަރާތް ގުޅިގެން ކުރިއަށް ގެންދާނޭ ގޮތާއި ބެހޭގޮތުން މަޝްވަރާ ކުރެވުނެވެ.
މިޒިޔާރަތުގައި އޭ.ޑީ.ޕީ.ސީ މިޝަންގެ ބޭފުޅުން ވަނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާ ސްޓްރަކްޗަރ، ޑިޕާރޓްމަންޓް އޮފް ނޭޝަނަލް ޕްލޭނިންގ، މާލޭ ސިޓީ ކައުންސިލް އަދި މިސެންޓަރުގެ އިސް ވެރިންނާއި ބައްދަލުކުރެއްވިއެވެ.
އޭ.ޑީ.ޕީ.ސީގެ މިޝަންއިން ފާހަގަ ކުރެއްވި ގޮތުގައި މިދަތުރުގެ ސަބަބުން އެން.ޑީ.އެމް.ސީ އާއި އޭ.ޑީ.ޕީ.ސީގެ ގުޅުން އިތުރަށް ބަދަހިވެގެން ދިޔަކަން ފާހަގަކުރެވިއެވެ. އަދި މިފަހަރުގެ ދަތުރުން ލިބުނު ތަރުހީބު ފާހަގަކޮށް، ކަރީސީ ހިރާސް ކުޑަކުރުމުގެ ދާއިރާއިން އިތުރަށް މަޝްވަރާތައް ކުރުމަށް ކައިރި މުސްތަގުބަލެއްގައި އޭ.ޑީ.ޕީ.ސީ ގެ މިޝަންއެއް ރާއްޖެއަށް ޒިޔާރަށް ކުރާނެކަމުގެ މަޢުލޫމާތު ވަނީ ދެއްވާފައެވެ.
